އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ބެލެހެއްޓުމަށް

10 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ބެލެހެއްޓުމަށް އެގްރިމެންޓްކޮށްފައިވާ ފަރާތާއިއެކު ހެދިފައިވާ އެގްރިމެންޓް ތަކުގެ މުއްދަތު ހަމަވާތީ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މއްސަލައަށް ގޮތެއް ނިންމުން   

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން        

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ މުހިއްމު ކަމެއްކަމުގައި ފެނިވަޑައިގަންނަވާތީ، އައްޑޫސިޓީގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ހިންގާބެލެހެއްޓުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާއި ޙަވާލުކުރެއްވުމާއި ގުޅިގެން، އައްޑޫގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ހިންގުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށް ފެންނާތީ،

އައްޑޫ މަރަދޫގެ 06 މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ޙަވާލު ކުރެވިފައިވާ ފަރާތުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވުމާއި ގުޅިގެން މި މިސްކިތްތައް ފޮޅާސާފުކުރުމުގެ މަސައްކަތް މިވަގުތުން ވަގުތަށް ކުރިއަށް ގެންދިއުމަށްޓަކައި މަރަދޫގެ ކޮންމެ މިސްކިތެއް ފޮޅާސާފުކުރުމަށް ވަކިން އެސްޓިމޭޓް ހޯދައިގެން މަރަދޫ ގެ 06 މިސްކިތް ފޮޅާސާފުކުރުގެ މަސައްކަތް 23 ފެބްރުވަރީ 2019 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި،

23 ފެބްރުވަރީ 2019 ވަނަ ދުވަހުން ފެށިގެން އައްޑޫގައި މިވަގުތު ހުރި 61 މިސްކިތް ފޮޅާސާފުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށްޓަކައި، ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، މިގޮތުން އައްޑޫގެ ހުކުރު ކުރާ މިސްކިތްތަކަށް ކޮންމެ މިސްކިތަކަށް 02 މުވައްޒަފުން ، އައްޑޫގައި ހުކުރު ނުކުރާ މިސްކިތްތަކަށް ކޮންމެ މިސްކިތަކަށް 01 މުވައްޒަފު ނެގޭނެ އިންތިޒާމް ހަމޖެއްސުމުގެ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި،

މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލާއި ޙަވާލު ކުރެވިފައިވީ ނަމަވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން 2019 ވަނަ އަހަރަށް މިމސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓް ފައިސާ ކައުންސިލާއި ޙަވާލުކުރެވިފައިނުވާތީ، އައްޑޫ ސިޓީގެ މިސްކިތްތައް ފޮޅާސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ގެންގުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ކައުންސިލްގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްވުމާއި ހަމައަށް ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑްގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ނޯޓް:

މިނިންމުން އިޞްލާޙް ކުރެވިފައިވަނީ 12 ފެބްރުއަރީ 2019 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ރަސްމީ ޖަލްސާގެ ސުވާލުކުރުމާއި މަޝްވަރާގެ ފުރުޞަތުގައި މިނިންމުމުގެ 3 ވަނަ ޕެރެގްރާފް އިޞްލާޙުކުރުމަށް ކައުންސިލް މެމްބަރުން މަޝްވަރާ ދެއްވާފައިވާ ގޮތުގެ މަތިންނެވެ.  

ތާއީދު ކުރެއްވީ: ކައުންސިލަރ ފައިޞަލް އިބްރާހީމް     

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/027

ތާރީޚް: 10 ފެބުރުއަރީ 2019