އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ސްވީޓްޕީވިލާ ގޯތިން 375 އަކަފޫޓް އާއްމުވެގެންވާ މަންފާއަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ދޫކޮށްފައިވާ މައްސަލަ

10 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ހިތަދޫ ސްވީޓްޕީވިލާއަށް ދޫކޮށްފައިވާ 820 ނަމްބަރު ގޯތިން 375 އަކަފޫޓް އާއްމުވެގެންވާ މަންފާއަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ދޫކޮށްފައިވާ މައްސަލައިގައި އެ 375 އަކަފޫޓުގެ ބަދަލު ހަމަޖެއްސުމާއި ގުޅިގެން ކައުްނސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް         

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު573/S2C/2017 : ޤަޟިއްޔާ އިން ބައްލަވަމުން ގެންދަވާ މައްސަލައިގައި ސ.ހިތަދޫ ސްވީޓްޕީވިލާ ގޯތިން އުނިކޮށްފައިވާ 375 އަކަފޫޓުގެ ބިމުގެ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމަންޖެހޭތީ، މި މައްސަލާގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކުރުމަށްފަހު،

އައްޑޫ ހިތަދޫ ސްވީޓްޕީވިލާ އަށް ދޫކޮށްފައިވާ 820 ނަމްބަރު ގޯތިން 375 އަކަފޫޓް 1995 ގައި ވަކިކޮށްފައިވަނީ، އާއްމުވެގެންވާ މަންފާއަކަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިންކަމަށްވާތީއާއި، އެބިން ސްވީޓްޕީވިލާ އިން ވަކިކޮށްފައިވަނީ ބަދަލުދީފައިކަން ލިޔެކިޔުންތަކުން އެނގެން ނެތުމުން، އައްޑޫ ހިތަދޫ ސްވީޓްޕީވިލާ އަށް ދޫކޮށްފައިވާ 820 ނަމްބަރު ގޯތިން އާއްމުވެގެންވާ މަންފާއަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ވަކިކުރެވިފައިވާ 375 އަކަފޫޓުގެ ބިން ކައުންސިލުން ގަތުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވީ: ކައުންސިލަރ ފައިޞަލް އިބްރާހީމް     

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/028

ތާރީޚް: 10 ފެބުރުއަރީ 2019