އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އަވަށާއި ހުޅުދޫ އަވަށުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ތަންފީޒުނުވެ ދިގުމައްދަތެއް ފާއިތުވަމުންދާ މައްސަލަ

12 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ މީދޫ އަވަށާއި ހުޅުދޫ އަވަށުގައި މަގު ބައްތި ޖެހުމުގެ މަސައްކަތާއި ގުޅިގެން ކައުންސިލުން ނިންމާފައިވާ ނިންމުން ތަންފީޒުނުވެ ދިގުމައްދަތެއް ފާއިތުވަމުންދާ މައްސަލަ .

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިއީ އައްޑޫސިޓީ މީދޫ އަވަށާއި ހުޅުދޫ އަވަށުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން އިވެލުއޭޝަންގައި އެންމެ މަތީން މާކްސް ލިބުނު ފަރާތާއި މަސައްކަތް ހަވާލުކުރުމުގެ ކުރިން މި މައްސަލަ ރިވިއު ކުރަންޖެހޭކަމަށް ޤަބޫލުކުރެވޭތީ މައްސަލަ ރިވިއުއަށް ގެންގޮސް ބިޑް ކޮމިޓީގެ ނިންމުން އިތުރަށް ދިރާސާ ކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް ކަމަށާއި،

ކައުންސިލްގެ ނަންބަރ426-AA(3)/2018/231:  ނިންމުމުން މިމައްސަލަ ނިންމާފައިވީ ނަމަވެސް މިހާތަނަށް އައިއިރު މިމައްސަލަ ރިވިއު ކުރެވި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެހިފައި ނުވާތީ، މިމައްސަލާގައި ބިޑްކޮމިޓީން ނިންމަވާފައިވާ ގޮތަށް  މަސައްކަތް ކުރިއަށް ގެންދިއުމަށާއި،  ލަސްވެގެން ހަފްތާއެއްގެ ތެރޭ މަގު ބައްތި ޖެހުމުގެ މަސައްކަތް ފެއްޓުމަށް ކުރަންޖެހޭ އިދާރީ އިންތިޒާމް ހަމަޖެއްސުމަށް  ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/29

ތާރީޚް: 12 ފެބުރުއަރީ 2019