އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިވަންކަޕް ފުޓްސަލް މުބާރާތުގެ އިންތިޒާމްތަކަށް ޚަރަދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މާލީ އެހީއަށް އެދި ސިޓީއެއް ފޮނުވާފައިވުން

20 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ނަމުގައި ހުޅުދޫގެ ޒުވާނުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގެ ވަނަތަކަށާއި އިންތިޒާމްތަކަށް ޚަރަދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މާލީ އެހީއަށް އެދި ސިޓީއެއް ފޮނުވާފައިވުން.

މައްސަލަ ހުށަހެޅި ފަރާތް: އިބްރާހިމް ޝުކުރީ ކައުންސިލަރ

ނިންމުން

މައްސަލަ ނިމުނުގޮތް:

      މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

  މައްސަލައާއި މެދު ފެންނަ ގޮތް ކަމުގައި ލިޔުމުން ހުށަހެޅުނު ގޮތަށް ބަދަލެއް ގެނެސް، މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ނަމުގައި ހުޅުދޫގައި ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ 2 ޓީމުން ކޮންމެ ޓީމަކަށް -/5،000ރުފިޔާ (ޖުމްލަ: -/10،000ރުފިޔާ) ދިނުމަށާއި އަދި މުބާރާތް އިންތިޒާމް ކުރާ ފަރާތަށް -/5،000ރުފިޔާ (ޖުމްލަ: -/15،000ރުފިޔާ) ދިނުމަށް ނިންމުނެވެ. އަދި ހުޅުދޫގެ ރައްޔިތުންގެ ނަމުގައި ޚަރަދު ކުރުމަށް ކަނޑައަޅުއްވާފައިވާ ކޯޑުން މި ޚަރަދު ކުރުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/158

ތާރީޚް: 20 ޖުލައި 2017