އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ މަޖްދުއްދީނު މިސްކިތު އޭ.ސީ ތަކުގެ ކަރަންޓް ބިލަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމުގައި

12 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ މަޖްދުއްދީނު މިސްކިތު އޭ.ސީ ތަކުގެ ކަރަންޓް ބިލަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  މީދޫ އަވަށު އޮފީސް      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މީދޫ މަޖްދުއްދީނު މިސްކިތުގެ ކަރަންޓް ބިލަށް2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފާއިތުވެ ދިޔަ 15 މަސްދުވަހު ދައްކަންޖެހޭ ފައިސާ ނުދެއްކި ހުރި ކަން ފާހަގަކުރެވޭ ކަމަށާއި، މި މިސްކިތުގެ އޭ.ސީ ތަކުގެ ކަރަންޓްބިލް  މީގެ ކުރިން ދައްކަމުން އައިސްފައިވަނީ  ސ.މީދޫ މިއަހެލި ޖަވާދުﷲ ޒާހިރު ކަމަށްވެފައި، މިވަގުތު ޖަވާދުﷲ ޒާހިރުގެ މާލީ ޙާލަތު ހުރި ގޮތުން މިފައިސާ ދެއްކެން ނެތް ކަމަށް ހުށަހަޅާފައިވާތީ، މިސްކިތް ބޭނުންކުރާ ފަރާތްތަކަށް މިސްކިތް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކައުންސިލްގެ ބަޖެޓްގެ އިލެކްޓްރިކް ފީ ގެ ޚަރަދު ކޯޑުން މަޖްދުއްދީނު މިސްކިތުގެ 15 މަސްދުވަހުގެ ނުދެއްކި ހުރި ކަރަންޓް ބިލްގައިވާ 14671.35ރުފިޔާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/30

ތާރީޚް: 12 ފެބުރުއަރީ 2019