އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވިންގ އޮން މޯލްޑިވްސް އިން ޑިޖިޓަލް އިޝްތިހާރުބޯޑެއް ޖެހުމަށް ހުށަހަޅާފައިވާތީ

12 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ވިންގ އޮން މޯލްޑިވްސް އިން ކޮންކްރިޓް ބުޑު އަޅައި 10 ފޫޓް އުސް ސްޓޭންޑެއްގައި 2x3  މީޓަރު ޑިޖިޓަލް އިޝްތިހާރުބޯޑެއް ޗާޓުން ފާހަގަކޮށްފައިވާ ތަނުގައި ޖެހުމަށް ހުށަހަޅާފައިވާތީ ޑިޖިޓަލް އިޝްތިހާރު ބޯޑު ޖެހުމުގެ އަގެއް ކަނޑައެޅުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ހިތަދޫ އަވަށު އޮފީސް      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ވިންގ އޮން މޯލްޑިވްސް އިން އިޝްތިހާރު ބޯޑު ބެހެއްޓުމަށް ހުށަހަޅާފައިވާ ތަނުގައި އަކަފޫޓަކަށް  10.00ރުފިޔާގެ ރޭޓުން އިޝްތިހާރު ބޯޑު ބެހެއްޓުމަށް ކުރިން އެހެން ފަރާތަކަށް ހުއްދަ ދެވިފައިވީ ނަމަވެސް، އެފަރާތާއިއެކު ބޯޑު ބައްހަޓަން ވެފައިވާ އެއްބަސްވުން ކެންސަލް ކުރެވިފައިވާތީ، މިތަނުގައި ވިންގ އޮން މޯލްޑިވްސް އިން އެދިފައިވާ ގޮތަށް އަކަފޫޓަކަށް 10.00ރުފިޔާގެ ރޭޓުން ޑިޖިޓަލް އިޝްތިހާރު ބޯޑު ބެހެއްޓުމަށް ހުއްދަދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، އަދި ޑިޖިޓަލް އިޝްތިހާރު ބޯޑުން ކުރެވޭ އިޝްތިހާރުތަކުގެ ކޮންމެ ގަޑިއިރަކުން 5 މިނިޓް ކައުންސިލަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް 

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/31

ތާރީޚް: 12 ފެބުރުއަރީ 2019