އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމު ކުރުމަށް

12 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިނިސްޓްރީ އޮފް ޖެންޑަރ ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ސ.ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމު ކުރުމަށް އެދިވަޑައިގެންފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހެޅިފައިވާ މައްސަލައަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަން ފާހަގަކޮށް މަސްތުވާ ތަކެތީގެ މައްސަލަ ޙައްލުކުރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ސ.ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމު ކުރުމަށް ހުޅުދޫ ނަސްރިއްޔާ ޕްރީސްކޫލް ހިންގި ޢިމާރާތް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/42

ތާރީޚް: 12 ފެބުރުއަރީ 2019