އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކަށުކަމާކެމީގެ ކަންކަން ކުރާނެ ގެއެއް ޢިމާރާތް ކުރުމަށް އެދި ސ.ހުޅުދޫ މުރަކަ ޝަބީނާ ޝަރީފް ހުޅުދޫ އަވަށުއޮފީހުގައި އެދިފައިވާތީ

12 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކަށުކަމާކެމީގެ ކަންކަން ކުރާނެ ގެއެއް ޢިމާރާތް ކުރުމަށް ބިން ހޯދުމާއި އެކަމުގެ ހުއްދައަކަށް އެދި ސ.ހުޅުދޫ މުރަކަ ޝަބީނާ ޝަރީފް ހުޅުދޫ އަވަށުއޮފީހުގައި އެދިފައިވާތީ، ހިނަވާގެއް އަޅާނެ ބިމެއް ހަމަޖައްސައި ދިނުމާއެކު އެކަމުގެ ހުއްދަ ދިނުމުގައި ކައުންސިލަށް ފެންނަ ގޮތަކަށް ހަމަޖައްސަވައި ދިނުން އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުޅުދޫ އަވަށުގައި ކަށުކަމާކެމީގެ ކަންކަން ކުރާނެ ގެއެއް ޢިމާރާތް ކުރުމަށް ބިން ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ހުޅުދޫ ސަހަރާ މިސްކިތް ކައިރީ ގޯއްޗަކަށް ނުފުދޭ ވަރުގެ ބިންކޮޅެއް އޮތުމާއެކު އެތަނުގައި މި ހިނަވާގެ އެޅުމުގެ ހުއްދަ ސ.ހުޅުދޫ މުރަކަ ޝަބީނާ ޝަރީފްއަށް ދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/44

ތާރީޚް: 12 ފެބުރުއަރީ 2019