އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެސް.ޓީ.އޯ ހުޅުދޫ މީދޫ ބިލްޑިންގެ ފަންގިފިލާ ހޯދުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުން

19 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހާއި މީދޫ އަވަށު އޮފީސް އަދި ހުޅުދޫ، މީދޫ އަވަށުގެ މުނިސިޕަލް ސަރވިސްގެ އޮފީހުން ދެމުން ގެންދާ ޚިދުމަތްތައް އިތުރުވުމާއި ގުޅިގެން ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ހުރުމާއެކު އެކަމަށް ޙައްލެއް ހޯދުމަށް  ސްޓޭޓް ޓެރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން ހުޅުދޫ މީދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ އެސް.ޓީ.އޯ ހުޅުދޫ މީދޫ ބިލްޑިންގެ ފަންގިފިލާ ހޯދުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުން .

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން.

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހާއި މީދޫ އަވަށު އޮފީސް އަދި ހުޅުދޫ، މީދޫ އަވަށުގެ މުނިސިޕަލް ސަރވިސްގެ އޮފީހުން ދެމުން ގެންދާ ޚިދުމަތްތައް އިތުރުވުމާއި ގުޅިގެން ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ހުރުމާއެކު އެކަމަށް ޙައްލެއް ހޯދުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާއެކު މަޝްވަރާ ކުރެވި ފައިވާ ގޮތުގެ މަތިން އެސް.ޓީ.އޯ ޢިމާރާތުން ބައެއް ކުއްޔަށް ނަގައިގެން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކައުންސިލްގެ ހިންގުމުގެ ޚަރަދު ކުޑަވެ ޚިދުމަތުގެ ފެންވަރު ރަނަޅުވެގެން ދާނެ ކަމެއް ކަމަށް ކައުންސިލަށް ޤަބޫލުކުރެވޭތީ،  ޢިމާރާތުގެ 2 ވަނަ ފަންގިފިލާ އަދި ތިންވަނަ ފަންގިފިލާ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހާއި މީދޫ އަވަށު އޮފީސް އަދި ހުޅުދޫ، މީދޫ އަވަށުގެ މުނިސިޕަލް ސަރވިސްގެ އޮފީހުން ދެމުން ގެންދާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކޮންމެ ފަންގިފިލާއެއް 5000.00ރުފިޔާއަށް ކުއްޔަށް ދިނުމަށް އެސް.ޓީ.އޯ އިން އެއްބަސްވެފައިވާތީ، އެއަގަށް 2 ފަންގިފިލާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/51

ތާރީޚް: 19 ފެބުރުއަރީ 2019