އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯލަރ ޕީވީ ޖެހިދާނެކަމަށް ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ އުޞޫލެއް މިނިސްޓްރީ އެންވަޔަރަމަންޓާއި ހިއްސާކޮށްދެއްވުމަށް

19 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިނިސްޓްރީ އޮފް އެންވަޔަރމަންޓްގެ ނަންބަރ:  438-ASPIRE/426/2019/8ސިޓީއިން ސޯލަރ ޕީވީ ޖެހިދާނެކަމަށް ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ ބިންތަކުން އެންމެ ބޮޑަށް ދެވިދާނެ މިނެއް އަދި އެ ބިންތައް ދެވިދާނެ އުޞޫލެއް މިނިސްޓްރީ އެންވަޔަރަމަންޓާއި ހިއްސާކޮށްދެއްވުމަށް އެދިފައިވާ މައްސަލައަށް ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިއަދުގެ ޖަލްސާގެ ފަހުން ބޭއްވޭ ކައުންސިލް މަޝްވަރާ ބައްދަލުވުމެއްގައި ނިންމާގޮތެއްގެ މަތިން މައްސަލަ ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/53

ތާރީޚް: 19 ފެބުރުއަރީ 2019