އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ސްޕޯޓްސް އިން އައްޑޫ ސްޓްރީޓް ސޮކަރ ކަޕް 2019 ބޭއްވުމަށް ބޭނުންވެގެން ޕްރޮޕޯސަލް އެއް ހުށާހަޅުއްވާފައިވާތީ

19 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ ސްޕޯޓްސް އިން އައްޑޫ ސްޓްރީޓް ސޮކަރ ކަޕް 2019 ބޭއްވުމަށް ބޭނުންވެގެން ޕްރޮޕޯސަލް އެއް ހުށާހަޅުއްވާފައިވާތީ، އެމުބާރާތް ބޭއްވުމަށް އެހީއެއް ދިނުމުގައި ކައުންސިލުން ގޮތެއް ނިންނުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ފޭދޫ ސްޕޯރޓްސް އިން ޒުވާނުންގެ ޙަރަކާތްތައް ދިރުވައި އާލާކުރުމަށް، ކޮންމެ އަހަރަކުވެސް މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށް،  މިއަހަރު ކުރިއަށްދާ ޙަރަކާތުގެ ތެރޭގައި، އައްޑޫ ސޮކަރ ކަޕް 2019 ހިމަނައި އެ ކްލަބުން ކައުންސިލާއި މި ޙަރަކާތުގެ ޕްރޮޕޯސަލް ޙިއްސާކޮށްފައިވާތީ، ޕްރޮޕޯސަލްއަށް ބަލައި އައްޑޫ ސޮކަރ ކަޕް 2019 އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް އެހީދިނުމުގެ ކޯޑު ނަމްބަރު: 228999އިން -/5000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް      

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 02 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/54

ތާރީޚް: 19 ފެބުރުއަރީ 2019