އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، 15× 25 ފޫޓުގެ ބިމެއް ހަމަޖައްސުމަށް

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ އެސް.ޓީ.އޯ ސަރަޙައްދުގައި ބެހެއްޓިފައިވާ ޓްރާންސްފޯމާރތަކުގެ ތެރެއިން، 49 ،29 ޓްރާންސްފޯމަރ އޯވަރލޯޑު ވެފައިވާތީ، މި ސަރަޙއްދުގައި 500KVA ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، 15× 25 ފޫޓުގެ ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މަރަދޫފޭދޫގެ ބްރާންޗްގެ ނަންބަރު:MFB-FNK/2019/03 ސިޓީން އެދިފައިވާ މައްސަލައާއިމެދު ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ ، މުޙައްމަދު ޔަސްރިފް       

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާ ތަކަށް ރިއާޔަތް ކޮށް ފޭދޫ އާއި މަރަދޫ އަދި މަރަދޫފޭދޫގައި ޤާއިމްކުރެވުނު ނަރުދަމާގެ ޓްރީޓްމަންޓް ޕްލާންޓް ބެހެއްޓިފައިވަނީ ފޭދޫ ހިއްކި ބިމުގައި ކަމަށްވާތީ، އެޕްލާންޓަށް ކަރަންޓު ފޯރުކޮށް ދެވެންއޮތީ، ފޭދޫ އެސް.ޓީ.އޯ ސަރަޙައްދުގައި 500KVAގެ ޓްރާންސްފޯމަރެއް ބަހައްޓައިގެން ކަމުގައި މަރަދޫފޭދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މަރަދޫފޭދޫގެ ބްރާންޗްގެ ސިޓީން އެދިވަޑައިގެންފައިވާތީ، ފޭދޫ އެސް.ޓީ.އޯ ސަރަޙައްދުގައި 500KVA ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، މައްސަލައާއި އެކު ހީރަސްކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ތަނުން 15× 25 ފޫޓުގެ ބިމެއް ހަމަޖައްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/56

ތާރީޚް: 26 ފެބުރުއަރީ 2019