އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދޫކޮށްފައިވާ ބިމުގައި ކޮށްފައިވާ ޢިމާރާތުގެ މުއްދަތު

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުމަގުން އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދޫކޮށްފައިވާ ބިމުގައި ކޮށްފައިވާ ޢިމާރާތުގެ މުއްދަތު އިތުރުކޮށްނުދެވޭނެކަމަށާއި ޢިމާރާތް ހަވާލުކުރުމަށް އަންގާފައިވަނިކޮށް މުއްދަތު އިތުރުކުރުމަށްއެދި 31 ޖެނުވަރީ2019ގައި ދެވަނަ ފަހަރަށް އެކުންފުނީގެ ނަންބަރ: APHL/AD/2019/049ސިޓީން އެދިލައްވާފައިވާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް:  މުނިސިޕަލްސަރވިސް އޮފީސް، ހިތަދޫ   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ހުށަހެޅިފައިވާ ކަންކަމަށް ރިއާޔަތްކޮށް އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް އެފަރާތަށް ކުއްޔަށްދޫކޮށްފައިވާ ބިމުގައި ކޮށްފައިވާ ޢިމާރާތުގެ މުއްދަތު 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިތުރު ކޮށްދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/59

ތާރީޚް: 26 ފެބުރުއަރީ 2019