އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކަސްޓަމްސްގެ ޢިމާރާތެއް ކުރުމަށް 15000އަކަފޫޓްގެ ބިމެއް، އަދި 5000 އަކަފޫޓުގެ ބިމެއް ހަމަޖެއްސައްވައި ދެއްވުން

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް ކަސްޓަމްސް އިން ކަސްޓަމްސްގެ އޮފީސް ޢިމާރާތެއް ކުރުމަށް 15000އަކަފޫޓްގެ ބިމެއް، އަދި އެކަމަޑޭޝަން ޢިމާރާތެއް އެޅުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖެއްސައވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  މުނިސިޕަލްސަރވިސް އޮފީސް، ހިތަދޫ   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަކަމުގެ ކޮމިޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުހައްމަދު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/61

ތާރީޚް: 26 ފެބުރުއަރީ 2019