އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބިޑް ކޮމިޓީއަށް މެމްބަރުން ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ބިޑް ކޮމިޓީގެ މުޤައްރިރު އަދި ކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން ކޮމިޓީއަށް މެމްބަރުން ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން

 

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން    

ނިންމުން

 

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން މަޝްވަރާކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު  އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ މަސައްކަތް ހިނގަމުންދާ ގޮތާއިމެދު ކައުންސިލްގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށް، މިކަމަށް ޙައްލެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް އުޞޫލު ރިވިއު ކުރަންޖެހޭ ކަމަށް ޤަބޫލުކުރެވޭތީ، މިއުޞޫލު ރިވިއުކުރުމަށް ކައުންސިލް މެމްބަރުންގެ މެދުގައި ކުރިއަށްގެންދެވުނު މަޝްވަރާއަށްފަހު،

 

އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް އުޞޫލަށް 2 ވަނަ އިޞްލާޙް ގެނައުމަށާއި، މިގޮތުން މި އުޞޫލުގެ 14 ވަނަ މާއްދާ ގައި "ބިޑްކޮމިޓީ އެކުލެވިގެންވާ ގޮތް" ބަޔާން ކޮށް ތަރުތީބު ކުރެވިފައިވާ އަކުރު ތަކުގެ ތެރޭގައި ހިމެނޭ (ނ) އަދި (ރ) އުނިކޮށް މި މާއްދާގެ އަކުރުތައް ތަރުތީބު ކުރުމަށްފަހު، މިމާއްދާއަށް (ޅ) އަކުރު އިތުރުކޮށް މިއަކުރުގައި "ކައުންސިލްގެ 2 މެމްބަރުން" ހިމެނުމަށް ފެންނަކަމަށް ކައުންސިލަރ އިބްރާހީމް ޝުކުރީ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ފައިޞަލް އިބްރާހީމް ތާއީދު ކުރުމާއި ގުޅިގެން،

މިހުށަހެޅުމަށް ތާއީދުކޮށް ކައުންސިލް މެމްބަރުންގެ ތެރެއިން ބިޑްކޮމިޓީއަށް ކައުންސިލަރ އިބްރާހީމް ޝުކުރީ އަދި ކައުންސިލަރ ޖަމްޝީދާ މުޙައްމަދު އައްޔަން ކުރުމަށް ފެންނަކަމަށް ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިޔާޟް ތާއީދުކުރެއްވުމާއި، މިމައްސަލައާއި ގުޅިގެން އިތުރު ހުށަހެޅުމެއް ނެތުމުން، އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ހުށަހެޅިފައިވާ 2 ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/62

ތާރީޚް: 26 ފެބުރުއަރީ 2019