އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ކަނޑުގެ އުޅަނދު ފަހަރު މަރާމާތު ކުރުމަށާއި، އެހެނިހެން ބޭނުންތަކަށް އެހެލާނެ ތަނެއް ކަނޑައެޅުން

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ ކަނޑުގެ އުޅަނދު ފަހަރު މަރާމާތު ކުރުމަށާއި، އެހެނިހެން ބޭނުންތަކަށް އެހެލާނެ ތަނެއް ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަކަމުގެ ކޮމިޓީއަށް މައްސަލަ ފޮނުވުމަށާއި އައްޑޫސީޓީގެ އެހެން އަވަށް ތަކުގައި ވެސް ކަނޑުގެ އުޅަނދު ފަހަރު މަރާމާތު ކުރުމަށާއި، އެހެނިހެން ބޭނުންތަކަށް އެހެލާނެ ތަނަކާއި ގުޅޭގޮތުން  ބިން ކަނޑައެޅުމަށް ކައުންސިލް މެމްބަރުނަށް ފެނިވަޑައި ގަންނަވާނަމަ، މިމައްސަލަ ކޮމިޓީ މަރުހަލާގައި ކުރިއަށްދާ ވަގުތު މިކަމާއި ގުޅޭ މަޢުލޫމާތު ކޮމިޓީ އާއި ޙިއްސާ ކޮށްދެއްވުމަށް   ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/63

ތާރީޚް: 26 ފެބުރުއަރީ 2019