އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ މާލެ އަދި މާފުށްޓަށް ކުރާ ތަޖްރިބާ ދަތުރު

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2019 މާރިޗް މަހު ހިންގުމަށް ރާވާފައިވާ ޙަރަކާތުގެ ތެރޭގައި ހިމެނޭ ކޮމިޓީމެމްބަރުން ބިނާކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން މާލެ އަދި މާފުށި އަށް ކުރެވޭ ތަޖްރިބާ ދަތުރު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:   އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ      

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ޙަރަކާތަކީ 2019 ވަނަ އަހަރު ކޮމިޓީގެ އެކްޝަން ޕްލޭނުގައި ހިމެނޭ ޙަރަކާތެއްކަން ފާހަގަކޮށް މައްސަލައިގެ ތަފްޞީލުގައި ބަޔާން ކުރެވިފައިވާ 39412.00ރުފިޔާ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޙަރަކާތް ތަކަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޚަރަދު ކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ހުސައިން ޙިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/71

ތާރީޚް: 26 ފެބުރުއަރީ 2019