އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރާވާފައިވާ ޙަރަކާތްތައް

26 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2019 މާރިޗް މަހު ހިންގުމަށް ރާވާފައިވާ ޙަރަކާތުގެ ތެރޭގައި ހިމެނޭ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:   އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ      

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އަންހެނުންގެ ދުވަސް ފާހަގަ ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް މި ޙަރަކާތަކީ 2019 ވަނަ އަހަރު ކޮމިޓީގެ އެކްޝަން ޕްލޭނުގައި ހިމެނޭ ޙަރަކާތެއްކަމަށްވާތީ، މައްސަލައިގެ ތަފްޞީލުގައި ބަޔާން ކުރެވިފައިވާ ގޮތަށް އަންހެނުންގެ ދުވަސް އައްޑޫގައި ފާހަގަ ކުރުމުގެ ގޮތުން 20000.00ރުފިޔާ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޙަރަކާތް ތަކަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޚަރަދު ކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ހުސައިން ޙިޔާޟް 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/72

ތާރީޚް: 26 ފެބުރުއަރީ 2019