އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އެހީތެރިކަމަށް

5 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޖަމުޢިއްޔަތުލް ޢުލަމާއިން ކުރިއަށްގެންދާ ހިތަދޫ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން މިސްކިތުގެ ތިރީބަޔާއި ހަރުގޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:   ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

ޖަމްޢިއްޔަތުލް ޢުލަމާއިން ކުރިއަށްގެންދާ ހިތަދޫ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން މިސްކިތުގެ ތިރީބަޔާއި ހަރުގޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީގައި ދިރާސާކޮށް ހުށަހަޅާފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،  އައްޑޫ ސިޓީގެ އަވަށްތަކުގެ މިސްކިތްތަކުގެ މަރާމާތު ކުރުމުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލް އިދާރާގެ ބެލެހެއްޓުމުގެ ދަށަށް އައުމާއި ގުޅިގެން، މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން މިމަސައްކަތް ކުރުމަށް ފެންނަކަމަށާއި، މިވަގުތު ކައުންސިލްގެ ބަޖެޓްގައި މިސްކިތްތަކުގެ މަރާމާތުގެ ހަރަދު އެކުލެވިފައި ވުމާއެކު މިސްކިތްތައް މަރާމާތު ކުރެވޭއިރު، ހިތަދޫ ހުކުރު މިސްކިތުގެ މަރާމާތު ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ހުސައިން ޙިޔާޟް 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/76

ތާރީޚް: 5 މާރޗް 2019