އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަލުން އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސައިޓް ހެދުމަށްޓަކައި 2.5 ހެކްޓަރުގެ ބިމެއް ހަމަޖެއްސުމަށް

5 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސައިޓު ހެދުމަށްޓަކައި ދޫކުރެވިފައިވާ ނަންބަރު:  138-LDS4/S2/2017/07 އަދި ނަންބަރު:  138-LDS4/S2/2017/10މި ދެ ލޭންޑް ރަޖިސްޓްރީ ބާޠިލްކޮށް، އަލުން އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސައިޓް ހެދުމަށްޓަކައި 2.5 ހެކްޓަރުގެ ބިމެއް ހަމަޖެއްސުމަށް.  

މައްސަލަ ހުށަހެޅި ފަރާތް:   ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، 21 ފެބުރުވަރީ 2019ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ، އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސައިޓް ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ހިތަދޫ ސަރަޙައްދީ ބަނދަރާއި ކާރިން ބިން ހަމަޖައްސަވައި ދެއްވުމަށް އެދިފައިވަޑައިގެންފައިވާތީ، ހިތަދޫ ބަނދަރުގެ އިރު އުތުރުން 2.5 ހެކްޓަރުގެ ބިމެއް އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސައިޓް ހެދުމަށްޓަކައި ކަނޑައަޅައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ބިން ދޫކުރުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ،

އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސައިޓު ހެދުމަށްޓަކައި ދޫކުރެވިފައިވާ ނަންބަރު:  138-LDS4/S2/2017/07 ބިމުގެ ރަޖިސްޓްރީއާއި ނަމްބަރު  138-LDS/S2/2017/10 ބިމުގެ ރަޖިސްޓްރީ ބާޠިލްކުރުމަށާއި،  އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސައިޓް ހެދުމަށްޓަކައި، ހިތަދޫ ޕޯޓް ސަރަޙައްދުގެ ފަސްގަނޑުގެ އިރު އުތުރުން، 2.5 ހެކްޓަރުގެ ބިން ކަނޑައަޅައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ނަމުގައި ބިމުގެ ރަޖިސްޓްރީ ހައްދާ ބިން ދޫކޮށް ދެއްވުން   ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓު ދެއްވި މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު    

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މެޔަރ މުހައްމަދު ޔަސްރިފް         

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 02 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/80

ތާރީޚް: 5 މާރޗް 2019