އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިވަން 50 ފުޓް ބޯޅަ މުބާރާތުގައި ބައިވެރިވި ހިތަދޫ ޓީމުގެ ކުޅުންތެރިއެއްގެ މުސާރަ ހަމަޖެއްސުމަށް

2 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މިނިވަން 50 ފުޓް ބޯޅަ މުބާރާތުގައި ބައިވެރިވި ހިތަދޫ ޓީމުގެ ކުޅުންތެރިއެއްގެ މުސާރަ ހަމަޖެއްސުމަށް

މައްސަލަ ހުށަހެޅި ފަރާތް: މުޙައްމަދު ޔަޞްރިފު    ޑިޕިއުޓީ މޭޔަރ

ނިންމުން

މައްސަލަ ނިމުނުގޮތް:

   މިނިވަން ކަޕް 50 މުބާރާތުގައި ބައިވެރިވި ހިތަދޫ ޓީމަށް -/5000 ރުފިޔާ ދިނުމަށް ނިންމި ނިންމުން ބާޠިލުކުރުމަށާއި މިނިވަން ކަޕް 50 މުބާރާތުގައި ބައިވެރިވި ހިތަދޫ ޓީމުގެ ކުޅުންތެރިޔާގެ 2 މަހުގެ މުސާރައަށް މަހަކު -/500 ޑޮލަރު (ފަސްސަތޭކަ) ރޭޓުން -/1000 ޑޮލަރު (އެއްހާސް) ކައުންސިލް ބަޖެޓްގައި ހިތަދޫގެ ދާއިރަތަކަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ކޯޑުތަކުގެ ތެރެއިން ހަމަޖައްސައި، HF FC ގެ ޓީމް އޮފިޝަލް މުޙައްމަދު އަލްޠާފްގެ ނަމްބަރ: 7708225264101 އެކައުންޓަށް ޖަމާކޮށްދިނުމަށް ނިންމުނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ޚަރަދު ކުރުމުގައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އިޖުރާޢަތްތައް ފުރިހަމަވުމަށްފަހު ނޫނީ، ކައުންސިލުން މިފަދަ ކަންކަމުގެ ޒިންމާ ނުނެންގެވުމަށާއި، މިފަދަ ކަންކަން ކުރުމުގައި ކުރިއަށް އޮތް ތަނުގައި ހަރުދަނާ އުޞޫލުތަކެއް އެކުލަވާލުމަށް ޤަވާޢިދު ކޮމިޓީއިން މަސައްކަތްކޮށްދިނުމަށް މޭޔަރ އެދި ވަޑައިގެންނެވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ  

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ  މުޙައްމަދު ޔަސްރިފް

  •   މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/165

ތާރީޚް: 2 އޯގަސްޓް 2017