އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަމްސުއްދީން ސްކޫލްގެ އެސެމްބްލީ ގްރައުންޑްގައި ގާ އެޅޭނެ ގޮތް ހަމަޖައްސަވައި ދެއްވުން

2 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ޝަމްސުއްދީން ސްކޫލްގެ އެސެމްބްލީ ގްރައުންޑްގައި ގާ އެޅޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދި

 

މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް           

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މީދޫ އަވަށު އޮފީހުން ހުށަހަޅާފައިވާ ގޮތަށް ޝަމްސުއްދީން ސްކޫލްގެ އެސެމްބްލީ ގްރައުންޑްގެ 2400 އަކަފޫޓް (48×50) ގެ އޭރިއާގައި އެޅޭ ވަރަށް ޕަބްލިކް ވޯކްސް ސަރވިސަސް / ހުޅުދޫމީދޫ ސައިޓްގައި ގާ ހުރުމާއިއެކު، ޕަބްލިކް ވޯކްސް ސަރވިސަސް ގެ މުވައްޒަފުން މަސައްކަތް ކުރާ ގޮތަށް ގާ އެޅުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސާދިނުމަށް ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅި، އެ ހުށަހެޅުމަށް ތާއީދު ލިބުނެވެ. އަދި ތާއީދު ލިބުނު ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ހިޔާޟް          

ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފު           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/111

ތާރީޚް: 2 އެޕްރީލް 2019