އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މީދޫ ގައި ސްލިޕްވޭ އެއް ހެދުމަށްޓަކައި ބިމެއް ކުއްޔަށް ދޫކުރުމަށް

2 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ މީދޫ ގައި ސްލިޕްވޭ އެއް ހެދުމަށްޓަކައި މީދޫ ބަނދަރު ސަރަޙައްދުން 30000 އަކަފޫޓްގެ ބިމެއް ކުއްޔަށް ހޯދުމަށް އެދި ނޫރައްދީނު އިންވެސްޓްމަންޓުން ހުށަހަޅާފައިވާ މައްސަލާގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް           

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މީދޫ އަވަށު އޮފީހުން ހުށަހެޅުނު މައްސަލަ އާއި ގުޅިގެން، ހުޅުދޫމީދޫގެ ރައްޔިތުންނަށް ސްލިޕްވޭއެއްގެ ޚިދުމަތުގެ މުހިއްމުކަން އޮތުމާއިއެކު، 20،000 (ވިހި ހާސް) އަކަފޫޓްގެ ބިމެއް ސްލިޕްވޭ ހެދުމަށް ކުއްޔަށް ދިނުމަށް އިޢުލާން ކުރުމަށް ފާސްކުރުމަށް ފެންނަ ކަމަށް ހުށަހެޅި، އެ ހުށަހެޅުމަށް ތާއީދު ލިބުނެވެ. އަދި ތާއީދު ލިބުނު ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ހިޔާޟް          

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/113

ތާރީޚް: 2 އެޕްރީލް 2019