އައްޑޫސިޓީ ކައުންސިލްގެ އިދާރާ

24 ގަޑި އިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ސަރަޙައްދު ކަނޑައެޅުން

2 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

24 ގަޑި އިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ސަރަޙައްދު ކަނޑައެޅުން 

މައްސަލަ ހުށަހެޅި ފަރާތް: އިޤްތިޞާދީ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

         މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ސަރަޙައްދު ކަނޑައެޅުމުގައި، މިދަންނަވާ ސަރަޙައްދުތައް ކަނޑައެޅުމަށް ފެންނަކަމަށް ފާސް ކުރުމަށް ހުށަހެޅި، އެ ހުށަހެޅުން ފާސްކުރުމަށް ފެންނަކަމަށް ތާއީދު ލިބުނެވެ. އަދި ތާއީދު ލިބުނު ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

  • ކޮންމެ އަވަށެއްގެ ބަނދަރު ސަރަޙައްދު            -  ރީޖަނަލް ހޮސްޕިޓަލް ސަރަޙައްދު
  • ކޮންމެ އަވަށެއްގެ ޞިއްޙީ މަރުކަޒު ސަރަޙައްދު       -  ހެރެތެރެ ޗެނަލް ސަރަޙައްދު
  • ހިތަދޫ ޒިޔާރަތްފަންނު ބަނދަރު ސަރަޙައްދު

ތާއީދު ކުރެއްވީ: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފު          

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/114

ތާރީޚް: 2 އެޕްރީލް 2019