އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މާމެންދޫ ސަރަޙައްދުގައި އައްޑޫސިޓީ ކައުންސިލުން ޚަރަދުކޮށްގެން ޢިމާރާތްކޮށްފައިވާ ގެ ހުރި ބިން ފަރާތަކަށް ދޫކުރުން

2 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ މާމެންދޫ ސަރަޙައްދުގައި އައްޑޫސިޓީ ކައުންސިލުން ޚަރަދުކޮށްގެން ޢިމާރާތްކޮށްފައިވާ ގެ ހުރި ބިން ފަރާތަކަށް ދޫކުރުން 

މައްސަލަ ހުށަހެޅި ފަރާތް: ޢުމުރާނީ ތަރައްޤީއާއި ބޯހިޔާވަހި ކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ހިތަދޫ އިން ބިން ދޫކުރުމަށް ގުރުއަތުލީއިރު ގުރުއަތު ނަންބަރު ލިބިފައިވާ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ޢާއްމު އިޢުލާނެއް ކޮށް ހުށަހެޅޭ ހުށަހެޅުންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މި ގެ ޙަވާލުކުރުމަށް ފެންނަކަމަށް ހުށަހެޅި، އެ ހުށަހެޅުމަށް ތާއީދު ލިބުނެވެ. އަދި ތާއީދު ލިބުނު ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

  • ހިތަދޫ އިން ބިން ދޫކުރުމަށް ގުރުއަތުލީއިރު ގުރުއަތު ނަންބަރު ލިބިފައިވާ އައްޑޫ މީހަކު ކަމުގައިވުން.
  • ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން އަނބިމީހާ / ފިރިމީހާ އަށް  600 އަކަފޫޓަށްވުރެ  ބޮޑު ބިމެއް ލިބިފައި ނުވުން
  • ކައުންސިލުން ގޯތީގައި ކޮށްފައިވާ ޢިމާރާތަށް ބަދަލު ދެވޭނެ މީހަކު ކަމުގައިވުން.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް          

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01

ނުފެންނަކަމަށް: 02   ވޯޓް

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/116

ތާރީޚް: 2 އެޕްރީލް 2019