އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު އޮފީހުން އިސް ނަގައިގެން މަރަދޫ އަވަށް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުން

11 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫ އަވަށު އޮފީހުން އިސް ނަގައިގެން މަރަދޫ އަވަށް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުން   

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ފައިޞަލް އިބްރާހީމް             

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އަވަށުގެ މުނިސިޕަލް މަސައްކަތް ކުރުމަށް ފުދޭވަރަށް މީހުން ނެތުމުން، ރަމަޟާން މަސް އަންނަންވާއިރަށް އަވަށް ސާފު ތާހިރު ކުރުމުގެ ގޮތުން އަވަށުގެ އެކި ސަރަހައްދުތަކުގައިވާ ކުނި ނަގާ ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަކީ މުހިއްމު ކަމެއް ކަމެއްކަމުގައި ފެންނާތީ، މަރަދޫ އަވަށުއޮފީހާއި އެމް.އެން.ޑީ.އެފް. ސ.ގަން، މޯލްޑިވަސް ޕޮލިސް ސާރވިސްގެ އައްޑޫސިޓީ ޕޮލިސް، މަރަދޫ ސިއްޙީ މަރުކަޒު އަދި މަރަދޫ އަވަށުގެ ސްކޫލްތަކުގެ ބައިވެރިވުމާއެކު 13 އެޕްރީލް 2019 ވާ ހޮނިހިރު ދުވަހު މަރަދޫ އަވަށް ސާފުކުރުމުގެ ޕްރޮގްރާމް ހިންގުމަށް ފެންނަކަމަށާއި، މިޕްރޮގްރާމް ހިންގުމަށް ކައުންސިލްގެ ބަޖެޓްގެ ބަޖެޓްކޯޑް ނަމްބަރު 223999 ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން 12000.00ރުފިޔާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/121

ތާރީޚް: 11 އެޕްރީލް 2019