އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ މަސްޖިދުއްޝައިޚް ޢަލީގައި ސޯލަރ ޕެނަލް ހަރުކޮށް، އޭ.ސީ ހަރުކުރުމުގެ މަސައްކަތް ކުރުން

23 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫގެ މިސްކިތްތަކަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށާއި މިސްކިތްތައް އެއަރކޯން ކުރުމުގެ މަޝްރޫޢު އިފްތިތާޙު ކުރުމުގެ ގޮތުން، މީދޫ މަސްޖިދުއްޝައިޚް ޢަލީގައި ސޯލަރ ޕެނަލް ހަރުކޮށް، ކަރަންޓް ، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށާއި އޭ.ސީ ހަރުކުރުމުގެ މަސައްކަތް ކުރުން. 

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް           

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫގެ މިސްކިތްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށާއި މިސްކިތްތައް އެއަރކޯން ކުރުމުގެ މަޝްރޫޢު އިފްތިތާޙު ކުރުމުގެ ގޮތުން، މީދޫ މަސްޖިދުއްޝައިޚް ޢަލީގައި ސޯލަރ ޕެނަލް ހަރުކޮށް، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށާއި އަދި އެމިސްކިތުގައި އޭ.ސީ ހަރުކުރުމުގެ މަސައްކަތް ކުރުމަށާއި،

އަދި މިޚަރަދުތައް ކައުންސިލްގެ ބަޖެޓުގެ ކޯޑު 223002 "އިލެކްޓްރިކް ފީ" ގެ ޚަރަދުގެ ތެރެއިން ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ހިޔާޟް 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/128

ތާރީޚް: 23 އެޕްރީލް 2019