އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ޤުރުއާން މުބާރާތް 1440" ބޭއްވުމަށާއި ބާއްވާނެ ތަނެއް ކަނޑަ އަޅައި، ބަޖެޑް ފާސްކުރުމަށް

23 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

"އައްޑޫ ޤުރުއާން މުބާރާތް 1440"  7-11 ޖުލައި 2019 ގައި ބޭއްވުމަށާއި އަދި ޤުރުއާން މުބާރާތް ބާއްވާނެ ތަނެއް ކަނޑަ އަޅައި، ބަޖެޑް ފާސްކޮށް ދެއްވުން އެދި  

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ސިޓީ ޤުރުއާން މުބާރާތް 7-12 ޖުލައި 2019އަށް ބޭއްވުމަށާއި  މިމުބާރާތް ބާއްވާނެ ތަނެއްގެ ގޮތުގައި ޝަރަފުއްދީން ސްކޫލްގެ ހޯލް ހަމަޖެއްސުމަށާއި،

އަދި ކައުންސިލްގެ ބަޖެޓުގެ ކޯޑު 223013ގައި ސިޓީ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވާ އެކްޓިވިޓީގެ ތެރެއިން، މިމުބާރާތަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދުގެ ބަޖެޓުގެ ގޮތުގައި 250000.00 (ދެލައްކަ ފަންސާސްހާސް) ރުފިޔާ ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު            

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/131

ތާރީޚް: 23 އެޕްރީލް 2019