އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކްލަބް ރާވެރިޔާ " އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2019 " ގައި ބައިވެރިވުމަށް އެހީތެރިކަން ދިނުމަށް

23 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

04-02 މޭއި 2019 އަށް މާލޭގައި ކުރިއަށްދާ " އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2019 " މުބާރާތުގައި ކްލަބް ރާވެރިޔާ ގެ ނަމުގައި އައްޑޫސިޓީގެ ޔޫތް ޓީމުން ވާދަކުރާ 20 އެތްލީޓުންނާއި 05 އޮފިޝަލުން މާލެ ދިއުމަށް އެހީތެރިކަމެއް ހޯދުމަށް އެދި ކްލަބް ރާވެރިޔާއިން ސިޓީ އާއި ޕްރޮޕޯޒަލް ހުށަހަޅާފައިވާތީ، ކައުންސިލުން އެހީތެރިކަމެއް ފޯރުކޮށްދިނުމާއި މެދު ގޮތެއް ނިންމެވުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ކްލަބް ރައިވެރިޔާގެ ފަރާތުން ބައިވެރިވާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕަކީ ގިނަ އެތުލީޓުން ބައިވެރިވާ މުބާރާތަކަށްވުމާއި، މީގެ ކުރިންވެސް މިމުބާރާތުގައި ބައިވެރިވެ އެތުލީޓުން އައްޑޫ ސިޓީ ފަޚުރުވެރިވާފަދަ ރަންވަނަތަކެއް ހާޞިލްކޮށްފައިވުމުން،

ކައުންސިލް ބަޖެޓް ކޯޑު 228999ގައި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ދޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އެކްޓިވިޓީގެ ތެރެއިން، ކްލަބް ރާވެރިޔާއަށް ކައުންސިލުން ދޭ އެހީގެ ގޮތުގައި 10000.00 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު            

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/132

ތާރީޚް: 23 އެޕްރީލް 2019