އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޓްރޭޑް ކޯޕަރޭޓިވް ނަންބަރު: ATC/SC-0013/2011/2019-03 ސިޓީއާއި މެދު ކައުންސިލުން ގޮތެއް ނިންމުން

29 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ޓްރޭޑް ކޯޕަރޭޓިވް ނަންބަރު: ATC/SC-0013/2011/2019-03 ސިޓީއާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫ ޓްރޭޑް ކޯޕަރޭޓިވް ސޮސައިޓީއާއި ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ފާހަގަކުރެވޭ މައްސަލަތަކެއް ހުރުމުން، ކައުންސިލުން އައްޑޫ ޓްރޭޑް ކޯޕަރޭޓިވް ސޮސައިޓީގެ ޙިއްސާ ގަތުމަށް ނިންމަވާފައިވާ ނަންބަރު 426-AA(3)/2017/300 ނިންމުން ބާޠިލްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް               

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،ޙުސައިން ހިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/140

ތާރީޚް: 29 އެޕްރީލް 2019