އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ މުނިސިޕަލް ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމުން އެކަމަށް ކައުންސިލުން އަވަސް ޙައްލެއް ހޯދުން

29 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫގެ މުނިސިޕަލް ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމުން އެއްކަމަށް ކައުންސިލުން އަވަސް ޙައްލެއް ހޯދުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ކައުންސިލާއި މަސައްކަތް ހަވާލުވި ފަހުން ގިނަ ވެހިކަލްތައް ހަލާކުވެފައިވާތީ، މުނިސިޕަލް މަސައްކަތް ކުރުވުމުގައި ދަތިތަކެއް ހުރުމުން، ކައުންސިލް ބަޖެޓުގެ އެއްގަމު އުޅަނދު ހޯދުމަށް ހަމަޖެހިފައިވާ ކޯޑު 424001އިން ޚަރަދު ކުރާގޮތަށް،

  • ހިތަދޫ އަވަށަށް 2 ޓަނުގެ 1 ޕިކަޕް
  • އަދި މަރަދޫ، މަރަދޫފޭދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ މިއިން ކޮންމެ އަވަށަކަށް 1 ޓަނުގެ 1 ޕިކަޕް

ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ހޯދުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް               

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،ޙުސައިން ހިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/141

ތާރީޚް: 29 އެޕްރީލް 2019