އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މާކިޅި ފިނިމައިޒާންގެ އިރުން އޮތް ސަރަޙައްދު 10000 އަކަފޫޓުގެ ސަރަޙައްދެއް ސާފުކުރުން

8 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ މާކިޅި ފިނިމައިޒާންގެ އިރުން އޮތް ސަރަޙައްދު 10000 އަކަފޫޓުގެ ސަރަޙައްދެއް ސާފުކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފު           

ނިންމުން

މައްސަލަ ނިމުނުގޮތް:

ހިތަދޫ މާކިޅި ފިނިމައިޒާން ސަރަޙައްދު މިހާރަށްވުރެ ފެހި ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމާއި މިސަރަޙައްދު ބޮޓެނިކަލް ގާރޑެން އަކަށް ތަރައްޤީކުރުމާއި މިސަރަޙައްދުގައި ރުއް އަދި ގަސް އިންދާނެ ޖާގަ ހެދުމުގެ މަޤްޞަދުގައި،

  • މާކިޅި ފިނިމައިޒާންގެ އިރާއި މެދެ އާރިމާގައި ދޭތެރެއިން 10000 އަކަފޫޓުގެ ސަރަޙައްދެއް ސާފުކުރުމަށާއި
  • ބޮޑެތި ގަސްތައް ކަނޑާނުލައި، ގޮފިތައް ކޮށައި ކުދި ގަސްތައް ނަގައި، ބިންގަނޑު ލެވެލް ކުރެވެން އޮތް މިންވަރަކަށް ލެވެލްކުރުމަށާއި
  • މިމަސައްކަތް މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން، 35000.00 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް ކުރިއަށް ގެންދިއުމަށާއި
  • މިމަސައްކަތަށް ހިނގާ ޚަރަދު 2017ގެ ކައުންސިލް އާމްދަނީ ބަޖެޓުގެ 223014 "އިޖުތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމް ހިންގުމުގެ ޚަރަދު" ކޯޑުގައި،  ހިތަދޫ މާކިޅި ފިނިމައިޒާން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ އެކްޓިވިޓީގެ ތެރެއިން ހަމަޖެއްސުމަށް

 ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ފައިސަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/168

ތާރީޚް: 8 އޯގަސްޓް 2017