އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވިލާ ކޮލެޖަށް ބިން ދޫކުރުމާއިމެދު ގޮތެއް ނިންމުން

29 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ވިލާ ކޮލެޖަށް ބިން ދޫކުރުމާއިމެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިޞަލް އިބްރާހީމް 

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫގެ ޑިވެލޮޕްމަންޓް ޕްލޭނުގައިވާ ތަޢުލީމީ ސިޔާސަތު ޙާޞިލްކުރުމަށްޓަކައި، ކައުންސިލަރ، ފައިޞަލް އިބްރާހިމް ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ހިތަދޫ ކްރެސްގަރޑަންގެ އިރުން އޮތް ބިމުން 45000 (ސާޅީސް ފަސްހާސް) އަކަފުޓޫގެ ބިން ބީލަމަށް ހުޅުވާލުމަށް، ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން އިޢްލާންކުރުމަށް ފެންނަކަމަށް" ހުށަހެޅުނު އިޞްލާޙަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް                 

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ވިލާ ކޮލެޖަށް ބިން ދޫކުރުމާއިމެދު ގޮތެއް ނިންމުން


ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/145

ތާރީޚް: 29 އެޕްރީލް 2019