އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު ފުޓްބޯޅަދަނޑު މަރާމާތު މަސައްކަތް އިވެލުއޭޓްކޮށް، ބިޑް ކޮމިޓީއިން ނިންމި ނިންމުމާއި މެދު ކައުންސިލުން ގޮތެއް ނިންމެވެވުން

9 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: މަރަދޫ އަވަށު ފުޓްބޯޅަދަނޑު މަރާމާތުކޮށް ޗޭންޖިންގ ރޫމްގައި 03 ފާހާނާ މަރާމާތުކޮށް ފެންލައިޓް މަރާމާތުކުރުމުގެ މަސައްކަތް އިވެލުއޭޓްކޮށް، ބިޑް ކޮމިޓީއިން ނިންމި ނިންމުމާއި މެދު ކައުންސިލުން ގޮތެއް ނިންމެވެވުން

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ބިޑް ކޮމިޓީގެ ނިންމުމާއި އެއްގޮތަށް އަކުއަވެންޗަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށް މަރަދޫ އަވަށު ފުޓްބޯޅަދަނޑު މަރާމާތުކޮށް ޗޭންޖިންގ ރޫމްގައި 03 ފާހާނާ އަދި ފެންލައިޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް                 

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/146

ތާރީޚް: 9 މޭއި 2019