އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މަސްޖިދުލްބާޤިޔާތު މިސްކިތުގެ އާބާތުރަ ފިލުވުމާއި ސާފުކޮށް ބެލެހެއްޓުން ދާއިމީކޮށް ހިތަދޫ އާޒާދީގެ މުޙައްމަދު ދީދީ އާއި ހަވާލުކޮށްދިނުމަށް

9 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ސ.ހިތަދޫ މަސްޖިދުލްބާޤިޔާތު މިސްކިތަށް ސަރުކާރުން ހަމަޖައްސާފައިވާ މުވައްޒަފުންނާއި އިނާޔަތް އުނިނުކުރަށްވާ، އެމިސްކިތުގެ އާބާތުރަ ފިލުވުމާއި ސާފުކޮށް ބެލެހެއްޓުން ދާއިމީކޮށް ސ.ހިތަދޫ އާޒާދީގެ މުޙައްމަދު ދީދީ އާއި ހަވާލުކޮށްދިނުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް / ސޯޝަލް ސަރވިސް ސެކްޝަން 

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ސ.ހިތަދޫ މަސްޖިދުލްބާޤިޔާތު މިސްކިތަށް ސަރުކާރުން ހަމަޖައްސާފައިވާ މުވައްޒަފުންނާއި އިނާޔަތް އުނިނުކުރަށްވާ، އެމިސްކިތުގެ އާބާތުރަ ފިލުވުމާއި ސާފުކޮށް ބެލެހެއްޓުން ދާއިމީކޮށް ސ.ހިތަދޫ އާޒާދީގެ މުޙައްމަދު ދީދީ އާއި ހަވާލުކޮށްދިނުމަށް" އެދި ހުށަހެޅުނު މައްސަލަގައި ވަކި ފަރާތަކަށް ދާއިމީ ގޮތެއްގައި  މިސްކިތް ބެލެހެއްޓުން ހަވާލުކުރުމަށް ނުފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވެފައިވެއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް                 

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/147

ތާރީޚް: 9 މޭއި 2019