އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. މަރަދޫ "އަނޯނާގެ" ބަދިގޭގައި ހިނގި އަލިފާނުގެ ހަދިސާއާއި ގުޅިގެން އެފަރާތަށް އެހީ ހަމަޖެއްސުމަށް

9 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: 06 މޭއި 2019 ވީ ހޯމަ ދުވަހު ސ. މަރަދޫ "އަނޯނާގެ" ބަދިގޭގައި ހިނގި އަލިފާނުގެ ހަދިސާއާއި ގުޅިގެން އެފަރާތަށް އެހީ ހަމަޖެއްސުމަށް އެދި 

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިސަލް އިބްރާޙިމް

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ފެންނަކަމަށާއި، މައްސަލާގައި ބަޔާންކުރެވިފައިވާ ސ. މަރަދޫ "އަނޯނާގެ" އަލިފާނުގެ ޙާދިސާ ހިނގައި އެ ގޭގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް  ވީރާނާވެ ގެއްލުން ވެފައިވާތީ، ކުއްލި ޙާލަތުގައި ކައުންސިލްތަކަށް ސަރުކާރުން އެހީދޭންވާކަން ކަނޑައަޅައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 72ވަނަ މާއްދާގައި " މިޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭން ކަނޑައަޅާފައިވާ އެހީގެ އިތުރުން ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން މާލީ، ފަންނީ ނުވަތަ އެހެނިހެން އެހީ ކައުންސިލްތަކަށް ފޯރުކޮށްދޭންވާނެއެވެ." ބަޔާން ކުރެވިފައިވީ ހިނދު،  މިމައްސަލައާއި ގުޅިގެން  ސ. މަރަދޫ "އަނޯނާގެ" ގައި ދިރިއުޅޭ ޢާއިލާ އަށް ލިބުނު ގެއްލުންތައް ބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލުން ދެވޭ ރަމްޒީ އެހީއެއްގެ ގޮތުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ޤުދުރަތީ ކާރިސާ ތަކާއި ގުޅިގެން ލިބޭ ގެއްލުންތަކަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 15000 ރުފިޔާ (ފަނަރަ ހާސްރުފިޔާ) ގެ ރަމްޒީއެހީ ސ. މަރަދޫ "އަނޯނާގެ" ގައި ދިރިއުޅޭ ޢާއިލާއަށް ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޢަލީ ފަޙުމީ އަޙުމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް                 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/149

ތާރީޚް: 9 މޭއި 2019