އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މަނިކު ފުޓްބޯޅަ ދަނޑުގައި ކަސްރަތު ކުރާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް 10 ފޫޓުގެ ލޭނެއް ހެދުން

8 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ މަނިކު ފުޓްބޯޅަ ދަނޑުގައި ކަސްރަތު ކުރާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް 10 ފޫޓުގެ ލޭނެއް ހެދުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފު           

ނިންމުން

މައްސަލަ ނިމުނުގޮތް:

ހިތަދޫ މަނިކު ފުޓްބޯޅަ ދަނޑު ހުންނަ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަނޑުގެ އެތެރޭގައި ކަސްރަތު ކުރެވޭނެގޮތް ހެދުމާއި ޚާއްސަކޮށް ކަސްރަތު ކުރާ އަންހެނުން މާދުރަށް ނުގޮސް ކަސްރަތު ކުރެވޭނެ މާހައުލެއް ޤާއިމްކުރުމާއި، ދަނޑު ބޭނުންކުރާ މީހުން ގިނަވުމުން ދަނޑު ބެލެހެއްޓުމުގެ އޯނަރޝިޕް ނެންގެވުމުގެ މަޤްޞަދުގައި،

  • ދަނޑުގެ އިރުމަތީ ފަރާތުގެ ލައިޓު ޕޯސްޓުތަކާއި ބައުންޑަރީ އާއި ދެމެދު އޮތް ތަނުން ދަނޑުގެ ވަށައިގެން ހިނގޭ ގޮތަށް ލޭނެއް ހެދުމަށާއި
  • މިލޭނު ހަދާއިރު ބޮޑެތި ގާ ހުރެއްޖެނަމަ ގާ ނަގައި، ލޭނަށް 2 އިންޗަށް ވެލި އަޅައި ކޮމްޕެކްޓު ކުރުމަށާއި
  • މިމަސައްކަތް މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން، 35000.00 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް ކުރިއަށް ގެންދިއުމަށާއި
  • މިމަސައްކަތަށް ހިނގާ ޚަރަދު 2017 ވަނަ އަހަރުގެ ކައުންސިލް އާމްދަނީ ބަޖެޓުގެ 228010 "ޖަމާޢަތުގެ ފައިދާއަށްޓަކައި ކުރާ މަސައްކަތްތަކަށް އެހީގެ ގޮތުގައި ދޭ ފައިސާ"ގެ ކޯޑުގައި "ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ހިތަދޫ ދެކުނު ދާއިރާ" އަށް ކަނޑައަޅާފައިވާ އެކްޓިވިޓީގެ ތެރެއިން ހަމަޖެއްސުމަށް

ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ފައިސަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/169

ތާރީޚް: 8 އޯގަސްޓް 2017