އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިވާސް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ނަލަ" ޕްރޮގްރާމަށް ކައުންސިލުން އެހީތެރިވުމަށް

14 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ދިވާސް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ނަލަ" ޕްރޮގްރާމަށް ކައުންސިލުން އެހީތެރިވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ސިއްޙަތާއި މުޖުތަމަޢު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ފެންނަކަމަށާއި، "ދިވާސް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމްކޮށްގެން ހިނގުމަށް ހަމަޖެހިފައިވާ "ނަލަ" ޕްރޮގްރާމަށް ކައުންސިލުން އެހީތެރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އަށް ސިއްޙަތާއި މުޖުތަމަޢު ކޮމިޓީން ދިރާސާކޮށް ކޮމިޓީ މަރުހަލާ ނިމިފައިވުމާއި އެކު ޔައުމީއްޔާ އަދި ނިންމުމަށް ކައުންސިލުން ގޮތެއް ނިންމުމަށް" އެދި ހުށަހަޅާފައިވާ މައްސަލާގައި ދަޢުލަތުން ރައްޔިތުންނަށް ހިލޭ ދެވޭ ސިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ޒީނަތްތެރިވުމަށް ކުރާ ކަންތައްތަކަކީ (ޕްލާސްޓިކް ސަރޖަރީ، ދަތް ޖެހުމާއި...) ކޮށްދެވޭ ކަންތައްތަކެއް  ނޫން ކަމަށާއި އެހެންކަމުން ދަޢުލަތުގެ ބަޖެޓުން މިފަދަ ކަމަކަށް ޚަރަދު ކުރެވިދާނެ ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށާއި ރައްޔިތުންގެ ބަޖެޓުން ދަޢުލަތުގެ ޚަރަދުގައި ޒީނަތްތެރިވުމަށް މިފަދަ ޕްރޮގްރާމްތަކަށް އެހީ ދިނުމަށް ނުފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާޙިމް ޝުކުރީ   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/152

ތާރީޚް: 14 މޭއި 2019