އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް

13 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ އަވަށު މަގުތަކުގައި ފެންބޮޑުވެ ފެން ނުހިނދި އޮތުމުން ރައްޔިތުންނަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، ރައްޔިތުންގެ ޝަކުވާ އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:   ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ        

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ޙަރަކާތަކީ 2019 ވަނަ އަހަރު ކޮމިޓީގެ އެކްޝަން ޕްލޭނުގައި ހިމެނޭ ޙަރަކާތެއްކަން ފާހަގަކޮށް މައްސަލައިގެ ތަފްޞީލުގައި ބަޔާން ކުރެވިފައިވާ 39412.00ރުފިޔާ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޙަރަކާތް ތަކަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޚަރަދު ކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ހުސައިން ޙިޔާޟް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/87

ތާރީޚް: 13 މާރޗް 2019