އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ ސްކޫލް އިންވެގެން އޮތް ބިން، ލޭންޑް ސްކޭޕްގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ

13 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫ ސްކޫލް އިންވެގެން އޮތް ބިން، ލޭންޑް ސްކޭޕްގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ، ރައްޔިތުންގެ ޝަކުވާ ގިނަވެފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިމައްސަލަ މިއަހަރު ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް އެކުލަވާލެވި ފާސްކުރާނަމަ، ސަޕްލިމެންޓްރީ ބަޖެޓުގައި ހިމެނުއްވުމަށްޓަކައި ޕްލޭނިންގ ސެކްޝަނަށް ފޮނުވުމަށް " ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ                 

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/88

ތާރީޚް: 13 މާރޗް 2019