އައްޑޫސިޓީ ކައުންސިލްގެ އިދާރާ

PLCގެ ފަރާތުން ތެޔޮ ޑިސްޓްރިބިއުޓްކޮށް ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ހިތަދޫއިން 15000 އަކަފޫޓުގެ ބިމެއް ކުއްޔަށް ހޯދުމަށް

13 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ޕީއެލްސީ ގެ ފަރާތުން ހިތަދޫގައި ތެޔޮ ޑިސްޓްރިބިއުޓްކޮށް ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ހިތަދޫއިން 15000 އަކަފޫޓުގެ ބިމެއް 30އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިޕްރޮޖެކްޓަކީ އައްޑޫއަށް މުހިއްމު އިންވެސްޓަކަށްވުމުން، ލޭންޑް ޔޫސް ޕްލޭން ރިވިއުކުރާއިރު، ލޭންޑް ޔޫސް ޕްލޭންގައި މިފަދަ ކަންކަމަށް ބިން ހަމަޖައްސަވާއިރު، މިކަމަށް މަގުފަހިވާގޮތަށް ހައްދަވައި ދެއްވުމަށް " ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/089

ތާރީޚް: 13 މާރޗް 2019