އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ކަނޑުގެ އުޅަނދުފަހަރު މަރާމާތުކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެހެލާނެ ތަނެއް ކަނޑައެޅުމަށް

13 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ ކަނޑުގެ އުޅަނދުފަހަރު މަރާމާތުކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެހެލާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް: ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް " ހުޅުދޫ އަދި މީދޫގެ ކަނޑުގެ އުޅަނދުތައް މަރާމާތު ކުރުމަށް އެހެލާނެ ތަނެއް ކަނޑައެޅުމަށްޓަކައި، އީ.ޕީ.އޭގެ ފަންނީ ބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށްފަހު، އެބޭފުޅުންގެ ލަފަޔާއެކު، 50000 (ފަންސާސްހާސް) އަކަފޫޓުގެ ބިމެއް ހިއްކައި، އިޢްލާންކޮށް ބިޑު އުޞޫލުން ބަޔަކާއި ޙަވާލުކުރުމަށްފަހު ތަނެއް ހެދުމަށް " ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/090

ތާރީޚް: 13 މާރޗް 2019