އައްޑޫސިޓީ ކައުންސިލްގެ އިދާރާ

UCLG-ASPAC އިން ޖަކާޓާ ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސް ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުން

19 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

UCLG-ASPAC އިން 20-22 މާރިޗް 2019 އަށް އިންޑޮނޭޝިއާގެ ޖަކާޓާ ބޭއްވުމަށް ހަމަޖެހިފައިވާ "ކޮންފަރެންސް ( މޭކިނބަސް ޓްރާންސްޕޯރޓް ސިސްޓަމް އެޓްރެކްޓިވް، އެފިޝިއެންޓް އެންޑް އެފޯޑަބަލް ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުން.

 

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން           

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " UCLG-ASPAC އިން 20-22 މާރިޗް 2019 އަށް އިންޑޮނޭޝިއާގެ ޖަކާޓާ ބޭއްވުމަށް ހަމަޖެހިފައިވާ "ކޮންފަރެންސްގައި ކައުންސިލް ބައިވެރިވުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ، މިކޮންފަރެންސްގައި ކައުންސިލަރ އިބްރާހީމް ޝުކުރީ، ކައުންސިލަރ ޖަމްޝީދާ މުޙައްމަދު، އަދި ކައުންސިލަރ ޙުސައިން ޙިޔާޟް ބައިވެރިވެ ވަޑައިގަތުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/099

ތާރީޚް: 19 މާރޗް 2019