އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ މަރަދޫފޭދޫ އަދި ފޭދޫ ަވަށް ސާފުކުރުމުގައި ދަތިވާކަން ފާހަގަ ކުރެވޭތީ މައްސަލައަށް ގޮތެއް ނިންމުން

19 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫ މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ މުނިސިޕްލް މަސައްކަތް ކުރުމަށް މިވަގުތު ތިބި މުވައްޒަފުން މަދު ވުމުން03 އަވަށް ސާފުކުރުމުގައި ދަތިވާކަން ފާހަގަ ކުރެވޭތީ މައްސަލައަށް ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން           

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު ، މި ނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ހިމެނޭ ގޮތަށް މުނިސިޕަލް މަސައްކަތް ކުރުމަށް 3 ޔުނިޓް ހަމަޖައްސަވައި އެ ޔުނިޓްތަކުގައި މުވައްޒަފުން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް"  ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޙިޔާޟް           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/100

ތާރީޚް: 19 މާރޗް 2019