އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.މަރަދޫ މިދިލިމާގެ މަރިޔަމް ޒާހިރާގެ ޢާއިލާއަށް ބޭނުންވާ އިތުރު ޚަރަދު ހަމަޖެއްސުމަށް އެދި

8 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ.މަރަދޫ މިދިލިމާގެ މަރިޔަމް ޒާހިރާގެ ޢާއިލާއަށް އެހީ ދިނުމަށް ކައުންސިލުން ނިންމަވާފައިވާ ނަންބަރު:426-AA(03)2017/151 ނިންމުމުގައިވާ ޚަރަދުން މަސައްކަތް ނިމިފައިނުވާތީ، މަސައްކަތް ނިންމުމަށް ބޭނުންވާ އިތުރު ޚަރަދު ހަމަޖެއްސުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިސަލް އިބްރާހީމް

ނިންމުން

މައްސަލަ ނިމުނުގޮތް:

މަރަދޫ މިދިލިމާގެ މަރިޔަމް ޒާހިރާގެ ޢާއިލާގެ ދިރިއުޅުން ޢާއްމު ޙާލަތަކަށް ގެނައުމަށް ކައުންސިލުން ފަށާފައިވާ މަސައްކަތަށް ނިމިފައިނުވާތީ، އެމަސައްކަތް މުޅިން ނިންމުމަށްޓަކައި އިތުރަށް ބޭނުންވާ ފައިސާގެ މައްސަލާގައި ގޮތެއް ނިންމުގެ ކުރިން، ކައުންސިލުން ނިންމަވާފައިވާ ނަންބަރު:426-AA(03)2017/151  ނިންމުމުގައިވާ ފައިސާ ޚަރަދުވި ގޮތުގެ ތަފްޞީލާއި، ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތާއެކު އަލުން މިމައްސަލަ ކައުންސިލަށް ހުށަހެޅުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/171

ތާރީޚް: 8 އޯގަސްޓް 2017