އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހިތަދޫ ކަރަންކާމާގޭ މުޙައްމަދު މަރުޒޫޤް ހިތަދޫ ކޯޓަށް ހުށަހަޅާފައިވާ ތަރިކައިގެ މައްސަލަ

26 މާރޗް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ.ހިތަދޫ ކަރަންކާމާގޭ މުޙައްމަދު މަރުޒޫޤް ހިތަދޫ ކޯޓަށް ހުށަހަޅާފައިވާ ތަރިކައިގެ މައްސަލައާއިމެދު ކައުންސިލުން ގޮތެއް ނިންމުން

 

މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް               

ނިންމުން

މައްސަލަ ނިމުނުގޮތް

އައްޑޫ ހިތަދޫ ސްވީޓްޕީވިލާ އަށް ދޫކޮށްފައިވާ 820 ނަންބަރު ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއިން 375 އަކަފޫޓް އުނިކޮށްފައިވާ މައްސަލާގައި އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު 426/BR(3)/2019/028 ކައުންސިލްގެ ނިންމުން ބާޠިލްކުރުމާއިމެދު ގޮތެއް ނިންމުމާއި، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 537/S2C/2017  ޤަޟިއްޔާގައި ބައްލަވަމުން ގެންދަވާ ތަރިކައިގެ މައްސަލައިގައި 375 އަކަފޫޓް އެ ގޯތީގެ ބިމުން އުނިކުރިކުރުމާމެދު  ނުވަތަ އެ 375 އަކަފޫޓަށް ބަދަލު ދިނުމާމެދު ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުފެންނާތީ އެކަން ޝަރީޢަތަށް ހުށަހަޅައި އެގޮތުގެމަތިން މިމައްސަލަ ނިންމަވައިދިނުމަށް އެދި ލިގަލް ޔުނިޓުން ހުށަހެޅި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާގެ 8 ވަނަ ނަންބަރުގެ (ހ) އާއި އެނޫންވެސް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކުރާއިރު ކޯޓަށް ހުށަހެޅުފައިވާ ޚުޞޫމަތަކާގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތައްތަކަށް ކަމަށް ބަޔާންކޮށްފައިވާތީ، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:537/S2C/2017  ޤަޟިއްޔާގައި އެދިފައި ނުވާ ކަމެއް ކަމުގައިވާ އައްޑޫ ހިތަދޫ ސްވީޓްޕީވިލާ އަށް ދޫކޮށްފައިވާ 820 ނަންބަރު ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއިން 375 އަކަފޫޓް އުނިކުރި މައްސަލަ ނުވަތަ ބަދަލު ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކައުންސިލަށް ފެންނަ ކަމަށާއި، މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު: 426/BR(3)/2019/028 ނިންމުން ބާޠިލްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ                 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/108

ތާރީޚް: 26 މާރޗް 2019