އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫ އަވަށުގައި އަލަށް ޖަހަން ޖެހޭ ބައްތިތައް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުން

11 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ކައުންސިލުން ހިންގުމަށް ރޭވިފައިވާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނޭ " އަލަށް ޖަހަން ޖެހޭ މަގުބައްތި ޖެހުން " ޕްރޮޖެކްޓް ދަށުން އައްޑޫ ސިޓީ ހިތަދޫ އަވަށުގައި އަލަށް ޖަހަން ޖެހޭ ބައްތިތައް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު           

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި،" 2019 ވަނަ އަހަރު ކައުންސިލުން ހިންގުމަށް ރޭވިފައިވާ މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނޭ " އަލަށް ޖަހަން ޖެހޭ މަގުބައްތި" ޖެހުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ 2019ވަނަ އަހަރު ކައުންސިލްގެ ބަޖެޓް ފާސްކުރެވުނު އިރު ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި، ކައުންސިލްގެ އެކްޓިވިޓީ ޕްލޭނުގައި މި މަޝްރޫޢުގެ މަސައްކަތް ތާވަލް ކުރެވިފައިވާ ތާރީޚަށް ނުފެށި ލަސްވަމުންދާކަން ފާހަގަކޮށް، މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ރައްޔިތުންނަށް ދަތިވާ ކަމުގެ ޝަކުވާ އިތުރުވުމާއި ގުޅިގެން، އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ކައުންސިލުން ކަނޑައަޅާ 43 ސަރަޙައްދެއްގައި 43ލައިޓް ފޯސްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި،

މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ލަފައާއި މަޝްވަރާ ހޯއްދަވައި، ދައުލަތަށް އެންމެ ޚަރަދު ކުޑަގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށްފަހު، މިއިދާރާގެ މުނިސިޕަލް ޚިދުމަތް ފޯރުކޮށް ދިނުމުގައި ޙަރަކާތްތެރިވާ އިލެކްޓްރީޝަނުންނާއި ޕަބްލިކް ވޯރކްސް ސަރވިސަސްގެ ކަމާއިގުޅުންހުރި މުވައްޒަފުންނާއި އޮފީހުގެ ވަޞީލަތްތައް ބޭނުންކޮށްގެން ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި،

ކައުންސިލްގެ ބަޖެޓްގައި އެހެނިހެން އިންފްރާސްޓްރަކްޗަރއަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑު ނަމްބަރު: 422999 ގައި އަލަށް ޖަހަންޖެހޭ މަގު ބައްތި ޖެހުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން، ހިތަދޫ އަވަށުގެ 3 ދާއިރާގެ މަގުބައްތި ޖެހުމަށް ކަނޑައެޅިފައިހުރި ފައިސާއިން، މިކަމަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް           

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު           

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/120

ތާރީޚް: 11 އެޕްރީލް 2019