އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ރައްޔިތުންގެ ނަމުގައި ގަނެފައިވާ ހިއްސާ ގެ ފައިދާ ހޯދުމަށް ބޭންކަށް ހުށަހެޅުމަށް ބޭނުންވާ ލިޔުން ހޯދުމުގެ މައްސަލަ

11 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީގެ ރައްޔިތުންގެ ނަމުގައި ގަނެފައިވާ ހިއްސާ ގެ ފައިދާ ހޯދުމަށް ބޭންކަށް ހުށަހެޅުމަށް ބޭނުންވާ ލިޔުން ހޯދުމުގެ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް: ފައިނޭންސް ސެކްޝަން               

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " 2011ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލް އުފެދުނު ފަހުން އައްޑޫ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައިވާ ހިއްސާގެ ފައިދާ ލިބިފައި ނުވާތީ، ހިއްސާގެ އެއްވެސް ސެޓްފިކެޓެއް ފެންނަން ނެތުމާއެކު ހިއްސާގެ ސެޓްފިކެޓް އަލުން ހެއްދުމަށާއި، ހިއްސާގެ ފައިދާ ނުލިބިވާ އަހަރު ތަކުގެ ފައިދާ ހޯދުމަށް ބޭނުންވާ ލިޔުންތަކުގައި ކައުންސިލްގެ ނަމުގައި ސޮއި ކުރައްވާނީ  މޭޔަރ ކަމަށް ކަނޑައަޅައި ކައުންސިލުން ޤަރާރެއް ފާސްކުރުމަށް ފެންނަކަމށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް          

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/124

ތާރީޚް: 11 އެޕްރީލް 2019