އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ބަޖެޓަށް އިތުރުކުރި ފައިސާ ބަޖެޓް ކޯޑްތަކަށް ވެއްދުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

11 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މިނިސްޓްރީ އޮފް ފިނޭންސްގެ ނަމްބަރު:  13-B3/426/2019/6ސިޓީއާއި، ނަމްބަރު :  13-B3/426/2019/8  ސިޓީއިން ކައުންސިލްގެ ބަޖެޓަށް އިތުރުކުރި ފައިސާ ބަޖެޓް ކޯޑްތަކަށް ވެއްދުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން                

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ނަމްބަރު :  13-B3/426/2019/6  ސިޓީއިން އައްޑޫ ސިޓީގެ ސިޓީ ސްކެއަރ ތަރައްޤީ ކުރުމަށް ހެދިފައިވާ ޕްލޭނުގެ ދަށުން އެމަސައްކަތަށް އިތުރުކޮށްދެއްވި ފައިސާ އާއި،  ނަމްބަރު :  13-B3/426/2019/8ސިޓީއިން ލާމަރުކަޒީ އުޞޫލުން އިދާރާތައް ހިންގުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގައި ޕަބްލިކް ވާރކްސް ސަރވިސަސްގެ ދަށުން އައްޑޫގައި ހިންގަމުން ދިޔަ ޕަބްލިކް ވާރކްސް ސަރވިސަސްގެ ސައިޓްތަކުގެ މަސައްކަތް ކައުންސިލަށް ބަދަލުވުމާއި ގުޅިގެން ޕަބްލިކް ވާރކްސް ސަރވިސަސްގެ ބަޖެޓުން މިއިދާރާގެ ބަޖެޓް ކޯޑުތަކަށް އިތުރުކުރި ފައިސާއާއި އެކު މުޅި ޖަމްލަ: 3,893,550.00ރުފިޔާ، މި ނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ތަފްޞީލުގައި ވާގޮތަށް ކައުންސިލްގެ ބަޖެޓް ކޯޑްތަކަށް އިތުރު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/125

ތާރީޚް: 11 އެޕްރީލް 2019