އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީޗްސައިޑް އަދި ބީޗްވޭލީ ދެގޯތި ދެމެދުގައި އޮތް ހުސްބިން ކޮޅު ބީޗްވޭލީ އަށް އިތުރުކޮށް ދިނުމަށް ނިންމި ނިންމުމާމެދު ގޮތެއް ނިންމުން

21 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ ނަންބަރ 426-BR(3)2019/148  ކައުންސިލްގެ ނިންމުން ސ.ހިތަދޫ ބީޗްސައިޑް އަދި ބީޗްވެލީ ދެގޯތި ދެމެދުގައި އޮތް ހުސް ބިންކޮޅު ބީޗްވެލީ އަށް އިތުރުކޮށް ދިނުމަށް ނިންމާފައިވާ ނިންމުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ ނަންބަރ 426-BR(3)2019/148  ކައުންސިލްގެ ނިންމުން ނިންމުމަށްޓަކައި ހުށަހަޅާފައިވާ ސާރވޭ ރިޕޯޓް އިސްލާޙްކޮށް، އަލުންއެކުލަވާލެވިފައިވާތީ މި ރިޕޯޓަށް ރިޢާޔަތްކުރާއިރު އަދި ސ.ހިތަދޫ ބީޗްސައިޑް ބިމަކީ 2004 ވަނަ އަހަރު ރަޖިސްޓްރީކޮށް ކަންމުޑި ރާނާއި އިންވަކިކޮށްފައިވާ ބިމަކަށްވާތީ ކައުންސިލްގެ  426-BR(3)2019/148 ނަންބަރު ނިންމުން ބާޠިލްކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް                 

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/157

ތާރީޚް: 21 މޭއި 2019